މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ދާއިރާ އަލަށް އިތުރުވި 1،895 އެނދާ އެކު ރާއްޖޭގެ ބެޑް ކެޕޭސިޓީ 65،143 އަށް އަރައިފި އެވެ.
އަހަރު ފެށުނު އިރު ބެޑް ކެޕޭސިޓީ އަކީ 63,248 އެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިޒަމްގެ ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަލަށް އިތުރުވި އެނދުތަކާ އެކު މިހާރު ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 43،247 އެވެ. މީގެ އިތުރުން ގެސްޓު ހައުސްތަކުގެ ބެޑް ކެޕޭސިޓީ 15،494 ގައި ހުރި އިރު އިރު، ސަފާރީތަކުގެ ކެޕޭސިޓީ އަކީ 3،918 އެނދެވެ. އަދި ހޮޓާތަކުގެ ބެޑް ކެޕޭސިޠީ އަކީ 2،484 އެވެ.
ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގަމުން އަންނަ އިރު، ގެސްޓްހައުސްތަކުގެ އަދަދަކީ 903 ގެސްޓުހައުސް އެވެ. ސަފާރީތަކުގެ އަދަދަކީ 161 އަދި ހޮޓާތަކުގެ އަދަދަކީ 16 އެވެ.
މި އަދަދުތަކާ އެކު ޓޫރިސްޓް ފެސިލިޓީތަކުގެ ޖުމްލަ އަކީ މިހާރު 1،254 އެވެ.
ރާއްޖޭގެ އިގުތިސާތު ޓޫރިމަށް ބަރޯސާވެފައިވާ އިރު، އަހަރުން އަހަރަށް އަންނަނީ ޓޫރިސްޓް ފެލިސިޓީތައް އިތުރުވަމުންނެވެ. އެގޮތުން ލޯކަލް ޓޫރިޒަމްގެ ތެރެއިން ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް އަންނަނީ ފުޅާވަމުންނެވެ.
ރާއްޖެ އިން މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު، އަހަރުގެ މިހާތަނަށް 1492075 ޓޫރިސްޓުން އައުސްފައިވެ އެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ.