Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ފުލުހުން، ރެހެންދި ސްކޫލް "ރެއިޑްކޮށްފި"

ލިބުނު "މައުލޫމާތަކާ" ގުޅިގެން ހުޅުމާލޭގެ ރެހެންދި ސްކޫލްގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެކަން ކަށަވަރުކޮށް ދިން ނަމަވެސް އެއީ ކޮން ކަހަލަ މައުލޫމާތެއް ލިބިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ލިބުނު "މައުލޫމާތާ" ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ރެހެންދި ސްކޫލްގައި ފުލުހުން ހެނދުނު ހަރަކާތްތެރިވާން ފެށީ ލިބުނު "އިންޒާރަކާ" ގުޅިގެންނެވެ. އެކަމަކު އެއީ ކޮންކަ ހަލަ އިންޒާރެއް ކަމެއް ސާފެއް ނުވެ އެވެ.