Last Updated: June 8, 21:45
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޖޮނަތަން އެކްޓިން އިން ބްރޭކަކަށް

ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް "ބްރިޖާޓަން" ގައި ވެސް މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ އެކްޓަރު ޖޮނަތަން ބެއިލީ އެކްޓިންއާ ދުވަސްކޮޅަކަށް ދުރަށް ދާން ނިންމައިފި އެވެ.

ބްރިޓިޝް ޖީކިއު އަށް ދިން އިންޓަވިއުއެއްގައި 37 އަހަރުގެ އެކްޓަރު ބުނީ ފާއިތުވި ތިން އަހަރަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ތިން އަހަރު ކަމަށެވެ. އެހެންވެ އެކްޓިން އިން ބްރޭކެއް ނަގައި މިދިޔަ އަހަރުގެ ޖޫންގައި އުފެއްދި އަމިއްލަ އެންޖީއޯ 'ދަ ޝޭމްލެެސް ފަންޑް' އަށް ވަގުތު ދޭން ބޭނުންވާ ކަމަށް ބުންޏެވެ.

"އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ފޯކަސްއެއް އޮންނާނީ އެންޖީއޯ އަށް." ޖޮނަތަން ބުންޏެވެ.

އެކްޓިން އިން ބްރޭކެއް ނަގަން ނަމަވެސް އެކަމަށް ކިހާ ވަގުތެއް ނަގާނެ ކަމަށް ކުރިއަރަމުން އަންނަ އެކްޓަރު ހާމައެއް ނުކުރެ އެވެ.

ޖޮނަތަން އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ ޖޫންގައި ރިލީޒްކުރި "ޖުރަސިކް ވޯލްޑް: ރީބާތު" އެވެ. "ދަ މާސީ" އާއި "ވިކެޑް" އިން ވެސް ފެނިފައިވާ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "ވިކެޑް" ގެ ސީކްއެލް "ވިކެޑް ފޯ ގުޑް" އެވެ.

އެ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ ނޮވެމްބަރު 21 ގަ އެވެ.