Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފަރުމަހުގެ މަސްވެރިކަމުގެ ސާވޭއެއް މ. އަތޮޅުގައި

ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ. އަތޮޅުގައި ފަށައިފި އެވެ.

މުލީގައި މިހާރު ކުރިއަށްދާ މި ސާވޭ އަކީ މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުގެ ސައިންސާއި ދިރާސާ ޓީމުން މި އަހަރު ކުރިއަށްގެންދާ 6 ވަނަ ސަވޭ އެވެ.

މި ސާވޭތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކުން ރަށު ފެންވަރުގެ މަސްވެރިކަމާއި އޭގެ ސަބަބުން ފަރުމަހުގެ އަބާދީ އަށް ކުރާ އަސަރުތައް އިތުރަށް ދެނެގަތުމަށް މަގުފަހިވެގެން ދާނެ އެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖްކުރުން ހަރުދަނާވެގެން ދާނެ އެވެ.

ސާވޭ ކުރިއަށް ގެންދިއުމުގައި މ. މުލީ ކައުންސިލާއި ރަށުގެ މަސްވެރިންނާއި މަސް ޕްރޮސެސްކުރާ ފަރާތްތަކާއި މަސް ގަންނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެ އެއެވެ.

ދާދި ފަހުން ކ. އަތޮޅުގައި ވެސް ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ ސާވޭއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.