Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ބޮކްސާ ތެރޭގައި ޑްރަގް އެތެރެކުރީ 50 އަހަރުގެ މީހެއް

ރާއްޖެ އިން ބޭރުން އައި އިރު ލައިގެން އިން ބޮކްސާ ތެރޭގައި މަސްތުވާތަކެތި ގެނައި އައްޑޫ މީހަކު މީހަކު ހައްޔަރުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކޮށްފައި ވަނީ މަރަދޫ ނަރުގިސްމާގޭ، އަހުމަދު ޒާހިދު، 50، އެވެ.

އޭނަ ހައްޔަރުކޮށް ގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ބަންދަށް 30 ދުވަސް ޖަހައިފަ އެވެ.

އޭނަގެ ބަންދަށް ކޯޓުން މުއްދަތި ޖެހީ މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ފުލުހުން ކުރާ ތުހުމަށް އެކަށީގެންވާ މިންވަރަށް ފުލުހުން ހެެއްކާއި ގަރީނާ ހުށަހަޅާފައިވާތީ އެވެ. އަދި ޒާހިދު ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ވެސް ބަންދު އަމުރުގައިވެ އެވެ.

އޭނަގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 250 ގްރާމް ހުރި އިރު އެއީ މެފްޑްރޯނެވެ.

ޒާހިދަކީ މީގެ ކުރިން އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށް، އެކި ފަހަރުމަތިން ބަންދު ޖަހައިފައިވާ މީހެކެވެ.