Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ކުޅުދުއްފުށީގައި މަސް ބާނާ ޕްލެޓްފޯމެއް ހަދަނީ

ކުޅުދުއްފުށީގައި މަސް ބާނާ ޕްލެޓްފޯމެއް ހަދަން ނިންމައި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަށައިފި އެވެ.

އެގޮތުން އެ ސިޓީގެ އިރުމަތި ފަރާތުގައި ޕްލެޓްފޯމް ތަރައްގީ ކުރުމަށްޓަކައި އެކަމުގެ އިންޖިނިއަރިން އާކިޓެކްޗަރަލް، ޕްލޭނިން އަދި ތިމާވެށީގެ ލަފާ ހޯދައި، ޕްލެޓްފޯމެއް ގާއިމު ކުރުމަށް ސްކޯޕިން ހަދައި، ތަފްސީލީ ކުރެހުންތައް ކުރަހައި، ބީއޯކިއު ތައްޔާރުކޮށް އަދި ޕްރިލިމިނަރީ އެންވަޔަރަމެންޓަލް އެސަސްމަންޓް ހެދުމަށް ކައުންސިލުން ވަނީ ޝެރެޓް ސްޓޫޑިއޯއަ ހަވާލުކޮށްފަ އެވެ.

އެކަމަކު އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 3 ގަ އެވެ.

ކައުންސުިލުން ބުުނީ ކުޅުދުއްފުށީގައި މަސް ބާނާ ޕްލެޓްފޯމެއް ގާއިމް ކުރުމަކީ އެ ސިޓީގެ ވަރަށް ގިނަ ޒުވާނުންނާއި އާންމުން ބޭނުންވާ ކަމެއް ކަމަށެވެ.

ކައުންސިލުން ބުނީ ފްލެޓްފޯމާ ގުޅޭ މަސައްކަތް ކުރިއަށްދާ އިރު މަސްބާނާ މީހުންނާއި، ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އިތުރު ކުރުމަށް ބައްދަލުވުންތަކެއް ބާއްވާއި ގުޅުން ހުރި ފަރާތްތަކުގެ ހިޔާލާއި މަސްވަރާ ވެސް ހޯދާނެ ކަމަށެވެ.