Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ޝިފްޒާ މިފްކޯގެ މަގާމަކަށް

މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ޝިޒްފާ މުސްތަފާ މިފްކޯގެ މަގާމަކަށް އައްޔަންކޮށްފި އެވެ.

އޭނަ އެ ކުންފުނީގެ ސީނިއާ މެނޭޖާ ޕަބްލިކް ރިލޭޝަންސް އަށް އައްޔަން ކުރުމާ ގުޅިގެން މިފްކޯ އިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މަރުހަބާ ވެސް ކިޔާފައިވެ އެވެ.

ޝިފްޒާ އަކީ ވީޓީވީ އުފެދިގެން އައި އިރު އެތަނުން ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް މީހެކެވެ، ވީޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު، އޭނަ މި ފަހުން ސަންގު ޓީވީގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.