Last Updated: June 8, 21:45
Tuesday, June 9, 2026
ދުނިޔެ

ޖަޕާންގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ޖަޕާންގެ ބޮޑުވަޒީރު ކަމަށް މިދިޔަ އަަހަރު ވަޑައިގެންނެވި ޝިގެރޫ އިޝިބާ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އޭނަ އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ގަ އެވެ.

ވެރިކަމަށް އަހަރެއްވާން ގާތްވެފައި ވަނިކޮށް އިޝިބާ އިސްތިއުފާ ދެއްވަން ނިންމެވި އިރު، މި ފަހުން ޖަޕާންގައި ބޭއްވި އިންތިހާބުތަކުން އޭނަގެ ޕާޓީ، ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ބޮޑެތި ނާކާމިޔާބީތަކާ ވެސް ކުރިމަތިވެފައިވެ އެވެ. އެ ޕާޓީ އަކީ ޖަޕާންގެ ވެރިކަމުގައި އޮންނަތާ 70 އަހަރުވީ ޕާޓީއެކެވެ.

ސިޔާސީ ގޮތުން އެލްޑީޕީ އަށް މި ފަހުން ކުރިމަތިލާން ޖެހުނު ނާކާމިޔާބީތަކަށް ބަލާ އިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށާއި މަތީގެއަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ދެ އިންތިހާބުން ޕާޓީ އަޢުލަބިއްޔަތު ގެއްލިފައިވެ އެވެ. ތިރީގެއަށް މެންބަރުން ހޮވަން ބޭއްވި އިންތިޚާބުގައި، އެލްޑީޕީއަށް ފާއިތުވި 15 އަހަރުގެ ތެރޭގައި އަލަށް އަޣުލަބިއްޔަތު ގެއްލުނު އިރު، މިދިޔަ ޖުލައި މަހު، ބޭއްވި މަތީގޭގެ އިންތިޚާބުގައި ވެސް ޕާޓީ އަށް ވަނީ ލަދުވެތި ނަތީޖާއަކާ ކުރިމަތިވެފަ އެވެ.

މފަދަ ވެއްޓުންތަކާ ހެދި އެލްޑީޕީން ދިޔައީ، ޕާޓީއަށް އާ ލީޑަރަކު ހޮވަން ވޯޓެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރަމުންނެވެ.