Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

އިސްލާމިކް ގަވަނަންސް ކޯހަށް ބައިވެރިން ފުރަައިފި

މެލޭޝިޔާގައި އޮންނަ އިސްލާމިކް ގަވަނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގެ ބައިވެރިން ރާއްޖޭގެ ބައިވެރިން އެ ގައުމަށް އިއްޔެ ފުރައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންދާ މި ކޯހުން ފުރުސަތު ދީފަ އިވަނީ އިމާމުންނާއި ޚަޠީބުންގެ އިތުރުން އިސްލާމިކް މިނިސްޓްރގެ އިސް ބައެއް މުވައްޒަފުންނަށެވެ.

ކޯހުގެ ބައިވެރިން މެލޭޝިޔާގެ އިސްލާމީ އެކި މުއައްސަސާތަކުގެ މަސައްކަތައް ކުރިއަށްދާ ގޮތް ބެލުމާއި އިސްލާމީ ތާރީޚީ ބައެއް ތަންތަނަށް ޒިޔާރަތްކުރާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ކޯހުގެ ތެރެއިން އިސްލާމިކް ގަވަނަންސް އަދި އެޑްމިނިސްޓްރޭޝަންއާއި ގުޅޭ މުހިއްމު ސެޝަންތަކެއް ކުރިއަށް ގެންދެވޭނެ އެވެ.

މިދިޔަ އަހަ ރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައި ދީފައވެ އެވެ.