Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ކުއްލި ކޮޅިގަނޑެއްގައި އައްޑު އަށް ގެއްލުންތަކެއް

މީގެ ކުޑަ އިރުކޮޅެއް ކުރިން އައްޑު އަށް އައި ވިއްސާރައިގައި ނަގޫރޯޅިއަކާ އެކު ބޯކޮށް ވާރޭ ވެހި ބައެއް އަވަށްތަކަށް ގެއްލުންތައްވެއްޖެ އެވެ.

އެގޮތުން މަރަދޫފޭދު އަށް އެރި ނަގޫރޯޅީގައި އެ އަވަށުގެ ބައެއް ގެތަކުން ފުރާޅު އެއްލާލައި، ބައެއް ގޭގެ ފާރު ވެއްޓުމުގެ އިތުރަށް ގަސްތަކެއް ވެސް ވެއްޓިފައިވެ އެވެ.

ލިބުނު ގެއްލުންތައް މަރަދޫފޭދޫ އަވަށު އޮފީހުން ބަލަމުން އަންނަ އިރު، އެކަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ކުއްލިއަކަށް އައި ކޮޅިގަނޑު ބޯކޮށް ވާރޭ ވެހުމުގެ ކުރިން އައްޑު އަށް މޫސުން އޮތީ ވަރަށް އަލިކޮށް، އަވި ވެސް ދީފަ އެެވެ. ނުވައެެއް ޖަހަން އުޅެނިކޮށް ކުއްލިއަކަށް ކުޑަ ވަގުތުކޮޅަށް ބޯކޮށް ވާރޭ ވެހުމަށް ފަހު ވާރޭ މިހާރު އޮތީ ހުއްޓާލައިފަ އެވެ. އަދި މިހާރު އޮތީ އަވި ވެސް ދީފަ އެވެ.