Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އެކްސްޗޭންޖް ޕްރޮގްރާމަކަށް ދަރިވަރުންތަކެއް ޗައިނާ އަށް

ޗައިނާގައި ކުރިއަށް ގެންދަން "ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް 2025" ގައި ރާއްޖޭގެ ދަރިވަރުންތަކެއް ބައިވެރިވާ ގޮތަށް ބަމަޖެހިއްޖެ އެވެ.

މާދަމާ އިން ފެށިގެން މި މަހުގެ 12 އާ ހަމައަށް ކުރިއަށް ގެންދާ ޕްރޮފްރާމްގައި 11 ސްކޫލަކުން 12 ދަރިވަރަކު ބައިވެރިވެ އެވެ. އެއީ ހަ ފިރިހެން ދަރިވަރަކާއި ހަ އަންހެން ދަރިވަރެކެވެ.

އެ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އިއްޔެ ބައްދަލު ވެސް ކުރައްވާފައިވެ އެވެ.

"ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް" އޮންނާނީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގަ އެވެ.

މި ޕްރޮގްރާމުގެ ތެރޭގައި ދަރިވަރުންނަށް ޗެންގުއާ ޕްރައިމަރީ ސްކޫލާއި، ސަންސިންގްޑޫއީ މިއުޒިއަމް ގެ އިތުރުން ޑުޖިއާންޖިއަން ރިސާޗް ސެންޓަ ފޯ ޖަޔަންޓް ޕަންޑާސްއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން ޗައިނާގެ ސަގާފީ ޙަރަކާތްތައް ބަލާލުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ލިބޭނެ އެވެ.

ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ޗައިނާގެ ސަގާފަތާއި ތާރީޚާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބޭނެ އެވެ. އަދި އެ ގައުމުގައި ރާއްޖޭގެ ސަގާފަތް ދައްކާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.