Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ނަގޫރޯޅީގައި މަރަދޫފޭދޫ 6 ގެއަކަށް ގެއްލުންވި

މިއަދު ހެނދުނު އައްޑު އަށް ކުއްލި ކޮޅިގަނޑެއްގައޮ މަރަދޫފޭދޫގެ ހަ ގެއަކަށް ގެއްލުންވެފައިވާތީ އެ ގެތަކުގެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި އެވެ.

އެތަނުން ބުނީ އެ މަސައްކަތް ކުރިއަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.

މަރަދޫފޭދޫ އަވަށު އޮފީހުން ބުނި ގޮތުގައި ނަގޫރޯޅީގައި ހަ ގެއަކަށް ގެއްލުންވުމުގެ އިތުރުން އެ ވަށުގެ ހިނަވާގޭގެ ފުރާޅު ވެސް އެއްލާލާފައިވެ އެވެ.

މި ނަގޫރޯޅީގައި ބައެެއް ގެތަކުގެ ފުރާޅު އެއްލާލުމުހެ އިތުރަށް ބައެެއް ގޭގެ ފާރު ވެއްޓި ގަސްތަކެއް ވެސް ވެއްޓިފައިވެ އެވެ.

އަވަށު އޮފީހުން ބުނި ގޮތުގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އަންނަނީ އެއްކުރަމުންނެވެ.