Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ދައުރުން ބޭރުން އަނެއްކާ ވެސް ޖަލްސާއެއް ބާއްވަނީ

ދައުރުން ބޭރުން އަނެއްކާ ވެސް ރައްޔިތުމންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ފަށައިފި އެވެ.

ބައެއް މެމްބަރުން ވިދާޅުވެފައިޗާ ގޮތުގައި އެ ޖަލްސާ ބާއްވަން ތާވަލު ކުރަނީ އަންނަ ހޯމަ ދުވަހު އެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާ އިން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

ބައެއް މެންބަރުން ވިދާޅުވީ ދައުރުން ބޭރުން ބާއްވަން މަސައްކަތް ކުރަމުން އަންނަ ދެވަނަ ޖަލްސާ އަކީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހުގެ ހުށަހެޅުމަކަށް ބާއްވާ ޖަލްސާއެކެވެ. އަދި އެ ޖަލްސާ އަށް އެޖެންޑާ ކުރަން ހަމަޖެހިފައި ބވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލެވެ..

އެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ރައީސުލްޖުމްހޫރިއްޔާ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތާއި މަޖިލީހުން ފާސް ކުރާ ބިލެއް ރައީސް ތަސްދީގު ނުކުރާ ހާލަތުގައި އާއްމުންގެ ރުހުން އޮތްތޯ ބަލަން އާންމުންގެ ވޯޓަށް ދާނެ ގޮތްތައް ކަނޑައަޅާ ބިލެކެވެ.

މިދިޔަ މަހުގެ 19 އިން ފެށިގެން މަޖިލިސް ޗުއްޓީގައި އޮތް އިރު، ދައުރުން ބޭރުން މިދިޔަ މަހުގެ 27 ގައި ވެސް ޖަލްސާއެއް ބޭއްވި އެވެ.