Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އެޗްއާރްސީއެމަށް 2 މެންބަރަކު އައްޔަންކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރްސީއެމް) ގެ މެންބަރުކަމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެޗްއާރްސީއެމަށް ރައީސް ޑރ. މުހައްމަދު އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި އައްޑޫ ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމަށެވެ.

އެ ދެ ބޭފުޅުން މެންބަރުކަމަށް ޢައްޔަން ކުރުމުގެ ކުރިން، ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ.