Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

މަޓާޓޯގެ ސީއީއޯ ސޫޒަން މަގާމު ދޫކޮށްލައިފި

މިދިޔަ އަހަރުން ފެށިގެން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދެވި އައިމިނަތު ސޫޒަން އެ މަގާމުން ވަކިވެވަޑައިގެންފި އެވެ.

އޭނަ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

އޭނަ މަޓާޓޯ ދޫކޮށްލައްވަން ނިންމެވުމާ ގުޅިގެން މަޓާޓޯ އިން އާންމުކުރި ބަޔާނެއްގައި ފާއިތުވި ދުވަސްތަކުގައި ކޮށް ދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ. މަޓާޓޯ އިން ބުނީ ސޫޒަންގެ ދައުރުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ ޖަމިއްޔާ އަށް އާ ލޯގޯއެއް ތައާރަފު ކުރުމާއި މުޅިން އަލަށް މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ އަންހެން އެޑިޝނެއް ބޭއްވުމާއި މަޓާޓޯ ޓޯކްސް އާއި ގަދަ ޝެފްގެ އިތުރުން ރަމަޒާން ކްއިޒް ފަދަ ކަންކަން ވެސް ކުރިއަށް ގެންދެވިފައިވާ ކަމަށް މަޓާޓޯ އިން ބުންޏެވެ.

ސޫޒަން އަކީ މަޓާޓޯގެ ފުރަތަމަ އަންހެން ސީއީއޯ އެވެ.

ސޫޒަން އަކީ ވަރަށް ކުޑައިރު، ޓީވީއެމްގެ ކުޑަކުދިންގެ ޕްރޮގްރާމްތަކުން އާންމުންގެ ސަމާލުކަން ލިބުނު މީހެކެވެ. މަޝްހޫރު މިއުޒިޝަން މޫޝަންއާ އެކީ އޭނަ ވީޑިއޯ ލަވައެއް ވެސް ކުޅެފައިވާ އިރު 1997 ގެ ފިލްމު "އަމާނާތް" ގައި ސޫޒަން ކުޑައިރުގެ ރޯލެއް ވެސް ކުޅެފައިވެ އެވެ.