އެމްޑީޕީން މިއަދު ފިނޭންސް މިނިސްޓްރީގައި ކުރިއަށް ގެންދަން ފެށި މުޒާހަރާގެ ތެރެއިން އެ ޕާޓީ މަޖިލިސް މެންބަރުންތަކެއް މިނިސްޓްރީގެ އިމާރާތަށް ވަންނަން އުޅުމުން ފުލުހުން ހުރަސް އަޅައިފި އެވެ.
މިކަމާ ގުޅިގެން މަސްރަހު ހޫނުވެފައިވެ އެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ބައްދަލު ކުރުމަށް އެ މިނިސްޓްރީ އަށް ވަންނަން ދިޔަ އިރު، ފުލުހުން ތިބީ އެތަނުގެ ދޮރުކުރިމަތީގަ އެވެ. އަދ ވަންނަން ހުރަސް އެޅުމުން، ބައެއް މެންބަރުން ވަނީ މިނިސްޓްރީގެ ތެރެއަށް ގަދަކަމުން ވަދެގެންފަ އެވެ.
ނަމަވެސް މިނިސްޓަރު މި ވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ. އެކަން އެނގުމުން މެންބަރުން ވަނީ މިނިސްޓްރީގެ އިސް ފަރާތްތަކާ ބައްދަލުކުރަން ޑިމާންޑްކޮށްފަ އެވެ.