މިދިޔަ ހުކުރު ދުވަހު ވެސް މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށް މިއަދު ވެސް އެފަދަ ހާދިސާއެއް ހިނގައި ގެއްލުންތަކެއްވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހ. މެލްބޯން ގޭގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ބަދިގޭގެ ހުޑެއްގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 11:00 ގައި ކަމަށެވެ. އަދި އެ ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލެވުނީ 11:17 ހާއިރު ކަމަށް ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަށް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.