Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

މަޓާޓޯ އަށް ސީއީއޯއެއް ހޯދަނީ

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ އެ ޖަމިއްޔާ އަށް އާ ސީއީއޯއަކުން ހޯދަން އިއުލާންކުރީ އެ މަގާމުގައި މިދިޔަ އަހަރުން ފެށިގެން ހުންނެވި އައިމިނަތު ސޫޒަން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

އޭނަ ވަކިވެވަޑައިގަތުމާ ގުޅިގެން މަޓާޓޯ އިން ވަނީ ސޫޒަން ކޮށް ދެއްވި މަސައްކަތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. މަޓާޓޯގެ ފުރަތަމަ އަންހެން ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

އާ ސީއީއޯއެއް ހޯދަން އިއުލާންކޮށް މަޓާޓޯ އިން ވަނީ ޝައުގުވެރިވާ މީހުން އެޕްލިކޭޝަން ފޮނުވުމަށް އެދިފަ އެވެ.