Last Updated: June 8, 21:45
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ބޭޑްސް އޮފް ބޮލީވުޑް' ގެ ޓްރެއިލާ ދައްކާލައިފި

ޝާހްރުކް ޚާންގެ ދަރިފުޅު، އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އޭނަގެ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ މި ސީރީޒް ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 18 ގަ އެވެ.

"ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ ވާހަކަތަކެއް ކިޔައިދޭނެ އެއްޗެކެވެ. ބޮޑު ކާސްޓެއް ވެސް ފެންނާނެ ލީޑް ތަރިންނަކީ ޒުވާން ތަރިން ކަމަށްވާ ލަކްޝް ލަލްވާނީ އާއި ސަހެރް ބާމްބާ އެވެ. އަދި މީގެ ވަރަށް ހާއްސަ ރޯލަކުން ބޮބީ ޑިއޯލް ވެސް ފެންނާނެ އެވެ.

"ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ ކާސްޓްގައި މޯނާ ސިންގް، ރާގަވް، ޖުޔަލް، ގޯތަމީ ކަޕޫރް، މާނަވް ޗޯހަން އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ.

މީގެ އިތުރުން ވަރަށް ގިނަ ތަރިންތަކެއްގެ ހާއްސަ ފެނިލުންތަކެއް ވެސް ސީރީޒްގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި ޝާހްރުކާއި ސަލްމާން ޚާނާއި އާމިރު ޚާނާއި ކަރަން ޖޯހަރާއި ރަންވީރު ސިންގް އާއި ޑިޝާ ޕަޓާނީ ހިމެނެ އެވެ. ކުރިން ދައްކައިލި "ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ ޓީޒާގަ އާއި މިއަދު ދައްކައިލި ޓްރެއިލާގައި ވެސް ބައެއް ތަރިންގެ ކެމިއޯތައް ހިމަނާފައިވެ އެވެ.

ދައްކައިނުލާ ވަރަށް ގިަ ތަރިންތަކެއް އަދި ސީރީޒްގެ އެކި އެޕިސޯޑްތަކުގެ އެކި ހިސާބުން ދައްކައިލާނެ އެވެ. އޭގެ ތެރޭގައި މިހާރުގެ ޒުވާން ގިނަ ތަރިންތަކެއް ވެސް ހިމެނޭނެ އެވެ. އެގޮތުން އަނަންޔާ ޕާންޑޭ އާއި ސާރާ އަލީ ޚާނާއި އޭނަގެ ކޮއްކޮ އިބްރާހީމް އަލީ ޚާން (އިގީ) ގެ ފަދަ ތަރިން ފެންނާނެ އެވެ.