ފޭސްބުކާއި އިންސްޓަގްރާމާއި އެކްސް އާއި ވަޓްސްއެޕާއި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނޭޕާލްގައި މަނާކުރުމާ ގުޅިގެން ގިނަ ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.
ގިނަނ އަދަދެއްގެ ޒުވާނުން ބައިވެރިވެގެން ކުރިއަށް ގެންދާ މުޒާހަރާއި ކަތުމަންޑޫގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގެ ކައިރި އެއްވެސް، މުޒާހަރާކޮށްފައިވާ އިރު، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގާފައިވެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާގައި މިހާތަނަށް 13 މީހަކު މަރުވެފައިވެ އެވެ.
މުޒާހަރާ ހޫނުވެ މަގުތައް މަތީގައި ހުރި ބައެއް ވެހިކަލްތަކުގައި ވެސް މުޒާހަރާގެ ބައިވެރިން ރޯކޮށްލާފައިވެ އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު ޕްރިތުވީ ސުބާ ވިދާޅުވީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުންނަށް ބާރުގެ ބޭނުން ކުރަން ޖެހުނޫ ފުލުހުންނާ ކުރިމަތިލައި، އެ މިހުންގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ދިއުމާ ގުޅިގެންނެވެރ. އެގޮތުން މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ތަކެތި ވެސް ބޭނުންކޮށްފައިވެ އެވެ.

ނޭޕާލް ސަރުކާރުން ބުނެފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްގެން ނޫނީ ނުހިންގޭނެ ކަމަަށެވެ. އަދި މިއީ ފޭކް އައިޑީތައް ބޭނުންކޮށްގެން ނަފުރަތު އުފެއްދުމާއި ސައިބާ ކްރައިމްގެ ކުށްތަކަށް އަރައިގަތުމުގެ އަމަލުތަކާއި މުޖުތަމައުގެ ތެރޭގައި އޮންނަ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.