ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ އިނާޔަތް އުވާލަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ތާއީދުކުރައްވައިފި އެވެ.
ކުރީގެ މަޖިލިސް މެމްބަރުންނަށް ދެމުންދާ އިނާޔަތް އުވާލަން އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. ކުރީގެ މެމްބަރުންނަށް އިނާޔަތް ދޭން ފެށި ފަހުން މިހާތަނަށް މިހާތަނަށް 35 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުގެ ހިސާބުތަކުން ވަނީ ދައްކައިފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ ނުވާވަރުން އެއްވެސް ކަމަކަށް ޙަރަދުކުރަން ނުޖެހޭ ކަމަށާއި ހަރަދުކުޑަކުރަން ޖެހޭ ކަމަށެވެ.
"ސިޔާސީ މަޤާމުތައް މަދުކުރަންޖެހޭ. ޤައުމަށް ހަމަ ނޭވާ ލެވެންޖެހޭ،" ކުޑޫ ވިދާޅުވި އެވެ.
ނުވާވަރުން އެއްވެސް ކަމަކަށް ޙަރަދުކުރާކަށް ނުޖެހޭ.
ޙަރަދުކުޑަކުރަން ޖެހޭ. ސިޔާސީ މަޤާމުތައް މަދުކުރަންޖެހޭ. ޤައުމަށް ހަމަ ނޭވާ ލެވެންޖެހޭ.#AbolishExMPBenefits— MohamedKudu (@mohamedkudu) September 8, 2025
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ.
ނަމަވެސް ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާ އަދާކުރާ މުއްދަތުގައި ހިދުމަތުގެ އިނާޔަތެއް ނުލިބޭނެ އެވެ.
ކުރީގެ މެމްބަރުންނަށް އިނާޔަތުގެ އިތުރުން، ހެލްތު ސްކީމްގެ ފުރުސަތުތައް ވެސް އޮވެ އެވެ.