ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 3 ގައި އެމްޑީޕީން ބާއްވާ މުޒާހަރާގެ ދައުވަތު އެންމެންނަށް އަރުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި މުޒާހަރާގައި ބައިވެރިވުމަށް އެދި ދައުވަތު ދީފައި ވަނީ ސިޔާސީ ޕާޓީތަކަށާއި މަދަނީ އަދި ސިޔާސީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކާއި ދަރިވަރުންގެ ޖަމިއްޔާތަކާއި، އަދި ވިޔަފާރިވެރިންގެ އިތުރުން އާންމު ރައްޔިތުންނަށެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި މި މިޒާހަރާ އަކީ ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ބާއްވާ ހަރަކާތެކެވެ. އެގޮތުން އަންނަ މަހުގެ 3 އިން ފެށިގެން ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަން އެ ޕާޓީގެ ގައުމީ މަޖިލީހުން ވެސް އޮތީ ފާސްކޮށްފަ އެވެ.
އެމްޑީޕީން ބުނޫ މުޒާހަރާތަކަށް ނުކުންނަން މަޖުބޫރުވީ ސަރުކާރުން ކުރާ ވައްކަމާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާތ ކަމަށެވެ. އަދި އެފަދަ ކަންމުގެ ހަގީގަތް ފޮރުވުމުގެ ބޭނުމުގައި މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ނުކުތުމަކީ ވެސް މުޒާހަރާތަކުގެ ބޭނުމެއް ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުންޏެވެ.