Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރާއްޖޭގެ މާލީ ހާލަތު ދަށްކުރީ އެމްޑީޕީން: ސިނާން

ރާއްޖެ އަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ އަސްލަކީ ކުރީގެ ސަރުކާރުން ހިންގި ކޮރަޕްޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.

ދަރަނީގެ މައްސަލަ އާއު ތަކެތީގެ އަގުބޮޑުވުން ފަދަ މައްސަލަތަކާ ގުޅޭ ގޮތުން އެމްޑީޕީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އަންނަ އިރު، ރައްދުގައި ސިނާނު ސޯޝަލް މީޑިއާގައި ވިދާޅުވީ މި ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ބަޔަކީ އެމްޑީޕީ ސަރުކާރުގެ ވެރިން ކަމަށެވެ.

"ރާއްޖޭގައި މުދަލުގެ އަގު މައްޗަށް ދިއުމާއި އިންފްލޭޝަން މަތިވެފައި މި ވަނީ އިއްޔެ ނޫނީ މިއަދަކު ނޫން،" އޭނަ ވިދާޅުވި އެވެ. "މި ހާލަތު މެދުވެރިވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފައިސާ ޗާޕުކޮށް، ބޮޑެތި އަދަދުތަކުން ލޯނު ނަގައި، އެ ފައިސާތައް ޕާޓީގެ އިސްވެރިންގެ މެދުގައި ބަހާލުމުގެ ސަބަބުން."

އޭނަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެހެންވެ އަމާން މަންޒިލަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، ރައީސަށް ކުރާ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ވެސް އަންނަ ކަމަށެވެ.

ސިނާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މަގުތައް ދިއްލުމަށް ފެނަކަ އާއި ސްޓެލްކޯ އިން ކުރިއަށް އޮތް އަހަރުން ފެށިގެން ޑޮމެސްޓިކް ރޭޓުގައި ބިލު ކުރަން ނިންމުމަކީ ކައުންސިލުތަކުގެ ޚަރަދު ކުޑަވެ، އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ ޖާގަ ލިބިގެން ދާނެ ކަމެއް ކަމަށެވެ.