Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ބިން ނުހިއްކިޔަސް ދޮންފަނު ގޮނޑުދޮށް ހިމާޔަތް ކުރާނެ

ބ. ދޮންފަނުގެ ބިން ހިއްކަން ނިންމި ނިންމުން ބާތިލުކުރި ނަމަވެސް އެ ރަށުގެ އެހެން މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ދޮންފަނުބެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ގިނަ ބަޔަކު ގޮވާލަމުންދާތީ އެ ނިންމުން ބާތިލުކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.

ދޮންފަނުން 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ދާދި މިދިޔަ މަހުގެ ތެރޭގައި ބ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން އެ މަހުގެ 13 ގަ އެވެ.

އެ ނިންމުން ބާތިލު ކުރިކަން އިއުލާން ކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން އެކަން މީހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީބިން ހިއްކަން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށެވެ.

ނަމަވެސް ރައީސްގެ އެ ނިންމުމާ ގުޅިގެން ދޮންފަނުގައި މިހާރު އަންނަނީ މުޒާހަރާ ކުރަމުންނެވެ.

އެ ރަށުގެ ބިން ނުހިއްކަން ގިނަ ބަޔަކު ގޮވާލީ ދޮންފަނުގެ ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ އެވެ. އެހެންވެ އެ މަޝްރޫއު ހުއްޓާލަން ގޮވާލައި ޕެޓިޝަނެއްގައި އަންނަނީ ސޮއި ވެސް ކުރަމުންނެވެ. ޕެޓިޝަންގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.