Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފޭދު އަށް ޑްރަގްސް ގެންދިޔަ މީހަކު ހައްޔަރުކޮށްފި

ށ. ފޭދު އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 7 ގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އެ ރަށު ޒަމާނީވިލާ މުހައްމަދު ޝާމް، 27، ކަމަށެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ ފޭދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޭދޫ ޕޮލިސް ޕޯސްޓާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ޝާމް ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނަގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.