ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރެއްގެ މަގާމު ހުސްވާތީ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މި މަހުގެ 22 އާއި ހަމައަށެވެ.
ރައީސް އޮފީހުން ބުނީ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
އެޗްއާރުސީއެމްގެ މެންބަރުންގެ ތެރެއިން، ކޮމިޝަންގެ ރައީސް މަރިޔަމް މުނާގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާނެ އެވެ.