އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ފުރަތަމަ މުސްލިމް ކުޅުންތެރިއާގެ ޝަރަފު ޓޮޓެންހަމް އަށް ކުޅޭ ފުލްބެކް، ޖެޑް ސްޕެންސް އަށް ލިބިއްޖެ އެވެ.
މި ޝަރަފު ސްޕެންސް އަށް ލިބުނީ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިންގްލެންޑުން ސާބިއާގެ މައްޗަށް 5-0 އިން ކުރި ހޯދި މެޗުގަ އެވެ. މި މެޗުގައި ސްޕެންސް ކުޅެން އަރާފައިވަނީ ދެވަނަ ހާފުގަ އެވެ.
Today arguably the Greatest and Proudest day of my life ♥️🦁Honoured to make my England debut🦁A day I’ve dreamt of all my life & now has become a reality🤲🏾 GOD IS THE GREATEST !#GODSPEED pic.twitter.com/W773rbjnmJ
— Djed Spence (@DjedSpence) September 9, 2025
އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މުސްލިމް ކުޅުންތެރިއާގެ ޝަރަފު ލިބުމުން ސްޕެންސް ބުނީ ތާރީހީ ކަމެއް ކުރެވުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ކުދިންނަށް މިއީ ކުރެވޭނެ ކަމެއްކަން ދައްކައި ހިތްވަރެއް ދެވުމުން އެކަމާ ހިތްހަމަޖެހޭ ކަމަށެވެ. އަދި މިފަދަ ދުވަސްތައް ހާއްސަ ވަނީ ހެއްދެވި ފަރާތުގެ ސަބަބުން ކަމަށާއި އެންމެ އުނދަގޫ އަދި އަނދިރި ދުވަސްތަކުގައި ވެސް ހެއްދެވި ފަރާތް އޭނާއާއެކު ހުންނަކަން ގަބޫލުކުރާ ކަމަށް ސްޕެންސް ބުންޏެވެ.
ފުޓްބޯޅަ ކެރިއަރުގައި މިހާ ހިސާބަށް އަންނަން ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫން ކަމަށާއި ނަމަވެސް އިންގްލެންޑްގެ ގައުމީ ޓީމަށް މިއަދު ކުޅުމުގެ ފުރުސަތު ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށްވެސް އޭނާ ބުންޏެވެ.
އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ހަ މެޗު ކުޅެދީފައިވާ ސްޕެންސް އަކީ ޓޮޓެންހަމްގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.