Last Updated: July 8, 04:01
Tuesday, July 7, 2026
ޚަބަރު

އެމްނެޓްސްގެ "އޯޕަން ޑޭ" ގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސް (އެމްނެޓްސް)ގެ "އޯޕަން ޑޭ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްނެޓްސްގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދަން ނިންމާފައިވާ އެ ހަރަކާތް އޮންނާނީ މިމަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގަ އެވެ.

އެ ހަރަކާތުގެ މަގުސަދަކީ އެމްނެޓްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެ ކުންފުނީގެ އެކި ފެސިލިޓީތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު ގައުމީ އެއާ ނެވިގޭޝަން ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ކިޔައިދިނުމެވެ.

އެމްނެޓްސް "އޯޕަން ޑޭ" ގައި ބައިވެރިވުމަށް 200 ފަރާތަކަށް ފުރުސަތު ހުޅުވާލާފައިވާ އިރު, އެ ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާންޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނަމަވެސް "އޯޕަން ޑޭ" އަށް ކަނޑައަޅާފައިވާ ޖާގަ ހަމަވުމުން ރަޖިސްޓްރޭޝަން ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ.