Last Updated: July 8, 04:01
Tuesday, July 7, 2026
ޚަބަރު

ތައިލެންޑްގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތައިލޭންޑްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އާނޫޓިން ޗާންވީރާކޫން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބޮޑުވަޒީރު އާނޫޓިންގެ ޒަޢާމަތުގައި، ތައިލޭންޑާއި އެ ޤައުމުގެ ރައްޔިތުން، ތަރައްޤީއާއި ފާގަތިކަމުގެ އައު ޒަމާނަކަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އޮތްކަން ފާހަގަކުރައްވައި، ރާއްޖެއާއި ތައިލޭންޑާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރެއްވުމަށްޓަކައި އެމަނިކުފާނާއެކުގައި ގާތުން މަސައްކަތްކުރެއްވުމުގެ ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވެ އެވެ.

މީގެއިތުރުން ރައީސް ވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ތައިލޭންޑުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާފަ އެވެ.