އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ބިނާކުރާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރު އެޅުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އާ ސިޔާސަތުތަކެއް ކަނޑައަޅައި އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މިފަދަ ސިޔާސަތުތަކެއް ކަނޑައައެީ އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީ. ކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާތީ، ކުރިއަށް އޮތް ތަނުގައި މިކަމަށް ހައްލުތަކެއް ހޯދުމުގެ ގޮތުބް ވެ.
އެގޮތުން މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލަން ނިންމާފައިވެ އެވެ.
މީގެ އިތުރުން މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާ އިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އާ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތްތައް އަޅަން ދޫކުރާ ބިންތަކުގައި ނުހިންގޭ ގޮތަށް ހެދުމާއި އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރެވޭ ގޮތަށް ހެދުމުގެ އިތުރަށް މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ވީހާ ވެސް ހަވާލުކުރުން ހިމެނެ އެވެ.
ރާއްޖޭގައި މިހާތަނަށް އަމިއްލަ ފަރާތްތަކުން ގިނަ މިސްކިތްތަކެއް ބިނާކޮށްފައިވާ އިރު، އެފަދަ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އެކި ހިސާބުތަކުގައި ކުރިއަށް ދެ އެވެ.