Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

މެރިން ހެޗަރީ ކޯހަކަށް ހުޅުވާލައިފި

"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން މި އަހަރު ކުރިއަށް ގެންދާ ދެވަނަ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިއީ ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ (ޓްރާންސްފޯމް) ޕްރޮޖެކްޓް ގެ ދަށުން ހިންގަން ހަމަޖެހިފައިވާ ކޯހެކެވެ.

އަންނަ މަހުގެ 18-30 އަށް ކ. މަނިޔަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޯހުން ފުރުޞަތު ދޭން ހަމަޖެހިފައި ވަނީ 15 މީހަކަށެވެ. އެހެންވެ އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބޭސިކް މެރިކަލްޗާ ކޯހުގެ މައިގަނޑު ބައިތައް:

• އެކްއަކަލްޗަގެ ނިޒާމުތަށް
• ދިރޭ ކާނާ އާލާކުރުން
• މަހުގެ ބަޔޮލޮޖީ
• ފާނަ އާލާކުރުން
• ހުއިފި ލަނޑާ އާލާކުރުން
• ދިވެހި މާގަނޑު މަސް އާލާކުރުން
• އިތާމުތް އާލާކުރުން
• މޫދުވިނަ ހަދައި އާލާކުރުން
• އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• އެކްއަކަލްޗާ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން

މެރިން ރިސާޗް ސެންޓަރުން ބުނީ ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ވުރެ އިތުރަށް ފޯމު ހުށަހަޅައިފި ނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބަށް ބަލައިގެން ކަމަށެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ މަނިޔަފުށީގަ އެވެ. އަދި ކޯހުގެ ބޭނުމަށް މާލެ އާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައި ދޭނެ އެވެ.