ނ. ލަންދޫން އައްޑޫ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކުރީ ހިތަދޫ ގާފިލާ، އަހުމަދު އަބާން އަލީ، 20، ކަމަށެވެ.
ފުލުހުން އޭނަ ހައްޔަރުކުރީ މާލެއިން ނ. އަތޮޅަށް ދަތުރުކުރި ފެރީއަކުން ލަންދު އަށް މަސްތުވާތަކެތި ގެންދާ ކަމަށް ކައުންޓަ- ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 6 ގައި ކަމަށެވެ.
އޮޕަރޭޝަނުގައި، ލަންދޫ ބަނދަރުމަތިން އަބާން ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް އޭނަގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ އަބާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ.