އާންމު ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގައި ސަރުކާރުގެ ބޯހިޔާވަކަމުގެ ސިޔާސަތުގެ ދަށުން ހައުސިން ޔުނިޓްތައް ގާއިމުކޮށް ދިނުމަށް ގިނަ ފަރާތްތަކުން އެދިފައިވާތީ އައްޑޫގެ އަވަށްތަކަށް ވެސް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ގޮތުން ހެދި ދިރާސާއެއްގައި ސޯޝަލް ހައުސިންގެ ޔުނިޓްތަކުގެ ކަނޑައެޅިފައިވާ ސަރަޙައްދުތަކުގެ ބަދަލުގައި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގައި ހައުސިން ޔުނިޓްތައް ގާއިމުކޮށް ދިނުމަށް ގިނަ ފަރާތްތަކުން އެދިފައިވާތި، ސަރުކާރުން ވަނީ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައި ކަމަށެވެ.
އެހެންވެ އައްޑޫގެ އަވަށްތަކުން އެ ފުރުސަތުގެ ބޭނުން ހިފަން ޝައުގުވެރިވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ފޯމް ހުށަހަޅަން ޖެހެނީ މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ. މި
މިކަމާ ގުޅޭ މައުލޫމާތު އައްޑޫގެ އަވަށްތަކުގެ އަވަށު އޮފީސްތަކުން ހޯދޭނެ އެވެ.
* ހިތަދޫ އަވަށު އޮފީސް: 6885003
* މަރަދޫ އަވަށު އޮފީސް: 6890096
* މަރަދޫފޭދޫ އަވަށު އޮފީސް: 6891523
* ފޭދޫ އަވަށު އޮފީސް: 6892018
* ހުޅުދޫ އަވަށު އޮފީސް: 6894728
* މީދޫ އަވަށު އޮފީސް: 6895557
އައްޑޫގެ ހުރިހާ އަވަށަކުން ވެސް މި ފަހުން ގޯތި ދޫކޮށްފައިވެ އެވެ.