ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ ދިރާސާ ކުރާ ކޮމެޓީން ނޫސްވެރިން ނެރެ އެކޮމެޓީ މިއަދުވެސް ސިއްރުކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ 'ކޮންޓްރޯލް' ބިލު މަޖްލިސްއަށް ބަލައިގަނެ ބިލް ދިރާސާ ކުރަމުންދަނީ މަޖްލިސް ޗުއްޓީގަ އޮވެ. ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި ބިލް ބަލައި ގަނެ ބިލް ދިރާސާ ކުރަމުން އަންނަ އިރުނ އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުންވެސް ވަނީ ސިއްރުކޮށްފައެވެ. އިއްޔެގެ ކޮމެޓީ ސިއްރު ކުރީ ބައްދަލުވުން އަޑުއަހން ވަދެ ނޫސްވެރިން ތިއްބާ ކޮމެޓީ ސިއްރު ކުރަން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހެޅުމުންނެވެ. ނަސީމް ވިދާޅުވީ ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ މި ބިލަށް ވަރަށް ގިނަ ބައެއްގެ ކޮމެންޓު ލިބިފައިވާތީ، އެ ފަދަ ކޮމެންޓުތައް ބަލައި ދިރާސާކުރާއިރު މީހުންގެ ޒާތީ މައުލޫމާތު ވެސް ހާމަވާނެތީ ކަމަށެވެ.، އެހެންވެ މިވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮމިޓީ ސިއްރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާއި ގުޅިގެން އިއްޔެވެސް ނޫސްވެރިން ވަނީ އަޑު އުފުލާފައެވެ.
މީޑިއާ ބިލާއި ބެހޭ ދިރާސާ ކުރުމަށް މިއަދު ކުރިއަށް ދިޔަ ބައްދަލުވުން ފެށުމުގެ ކުރިން މަޖްލިސްގެ ސެކިއުރިޓީ މެދިވެރިކޮށް ނޫސްވެރިން ވަނީ ގަދަކަމުން ކޮމެޓީން ބޭރުކޮށްލާފައެވެ.
މީޑިއާ ކޮންޓްރޯލް ކުރާބިލާއި ނޫސްވެރިން ދެކޮލޫ ހަދަމުން ދަނީ އެ ބިލުގެ ސަބަބުން ގާނޫނު އަސާސީގެ އެންމެ މުހިއްމު އެއްބާބު ކަމަށްވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ހިޔާލުފާޅު ކުރުުމުގެ މިނިވަންކަން ބިލުގެ ސަބަބުން ގެއްލޭކަމަށް ބުނެއެވެ.