އިންޑިއާގެ ތަރިން ކަމަށްވާ ކާޖޮލް އާއި ޓްވިންކަން ކަންނާ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހޯސްޓްކުރާ ޓޯކް ޝޯ ޕްރީމިއާކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.
"ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓްވިންކަލް" ގެ ނަމުގައި ގެނެސްދޭ މި ޥޯ ޕްރީމިއާ ކުރަން ނިންމީ މި މަހުގެ 25 ގަ އެވެ. މަޝްހޫރު އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލް އާއި އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލްއާ އެކު އެމެޒޯން އަށް ޓޯކް ޝޯއެއް ގެންނަން އުޅޭކަން އިއުލާންކުރީ މިދިޔަ ޖުލައި މަހުގެ 22 ގަ އެވެ.
މިއީ ކާޖޮލް އާއި ޓްވިންކަލް އެކީގައި ޝޯއެއް ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ.
ވަރަށް ޝައުގުވެރި ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރާ "ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓްވިންކަލް" ގެ ޓްރެއިލާ އަށް ވެސް ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އިންޒާރުކުރަމުންނެވެ. އެގޮތުން ޝޯގެ ފުރަތަމަ މެހުމާނަކަށް ވާނީ ކާކުތޯ ބަލަން އެތައް ބަޔަކު ތިބީ ކެތްމަދުވެފަ އެވެ.
ބައެެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓްވިންކަލް" ގެ ގެ ފުރަތަމަ މެހުމާނެއްގެ ގޮތުގައި ފެންނާނީ ކާޖޮލް އާއި ޓްވިންކަލްއާ އެކު ވެސް ފިލްމު ކުޅެފައިވާ ޝާހްރުކް ޚާނެވެ.
އަކްޝޭއާ ކައިވެނިކޮށް ޓްވިންކަލް ފިލްމު ކުޅުން ހުއްޓާލައި މިހާރު ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިރު، ކާޖޮލް އަކީ މިހާރު ވެސް ފިލްމު ކުޅެމުން އަންނަ ބިޒީ ބަތަލާއެކެވެ.