ހުޅުމީދޫގައި މިހާރު ކުރިއަށްދާ “އެޗްއެމް ވިމެންސް ފުޓްސަލް” މުބާރާތުގެ ފައިނަލަށް މީދޫ ދޮންދީނިޓީމާއި ހުޅުދޫ ފަރިޓީމް ޖާގަ ހޯދައިފިއެެވެ.
ފަރިޓީމް ފައިނަލަށް ދަތުރުކުރީ އޯކިޑް ޓީމާއި ވާދަކޮށް 11-3 ލަނޑުން މޮޅުވެގެންނެވެ.
ދޮންދީނި ޓީމް ފައިނަލަށް ދިޔައީ ސެމީގައި އެމްވީ ފުޓްސަލް ޓީމާއި ވާދަކޮށް 5-1 ލަނޑުން މޮޅުވެގެންނެވެ.
މުބާރާތުގެ ފައިނަލް މެޗް މިރޭ 9 ޖަހާއިރު ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ ރަނައަޕް ޓީމަށް 8000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ވަނީ ހުށަހަޅައިފަ އެވެ.