Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

ސްކައުޓްގެ އިދާރާ ވަގުތީ ގޮތުން ބަންދުކޮށްފި

އޮފީސް ހިންގާނެ އިމާރާތެއް ހަމަޖެހިފައިނުވާތީ ޤައުމީ ސްކައުޓް އިދާރާ އަދި ސްކައުޓް ފިހާރަ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ސްކައުޓް އެސޯސިއޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސްކައުޓް އެސޯސިއޭޝަން އިދާރާ އަދި ސްކައުޓް ފިހާރަ މިއަދުގެ ކުރިން ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި މިވަގުތު ޤައުމީ ސްކައުޓް އިދާރާ އާއި ފިހާރަ ހިންގާނެ އިތުރު ތަނެއް ހަމަޖެހިފައިނުވާތީ، އިތުރު ތަނެއް ހަމަޖެހެންދެން ސްކައުޓްގެ އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ސްކައުޓް އެސޯސިއޭޝަނުން ވަނީ މަޢާފަށް އެދިފަ އެވެ.

ސްކައުޓް ހަރަކާތް ރާއްޖޭގައި ރަސްމީކޮށް ފެށީ 1956 ވަނަ އަހަރު އެވެ.