Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ހިންމަފުށީ ކުޅިވަރު އެކަޑެމީ ހިންގަން ބަޔަކު ހޯދަނީ

ކ. ހިންމަފުށީ ކުޅިވަރު އެކަޑެމީ ހިންގައި ދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ އެތަނުގެ ފުޓްބޯޅަ ކުލަބާއި ހިންމަފުށީ ސްކޫލާ ގުޅިިގެން ކުޅިވަރު އެކަޑެމީ ހިންގައި ދޭން ތިން މީހަކު ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ހޮވޭ ކޮންމެ މީހަކަށް މަހަކު 5،000ރ. ގެ އެލަވެންސެއް ދޭނެ ކަމަށާއި މި މަސައްކަތް ކުރަން ޖެހޭނީ ހަފުތާއަކު ފަސް ދުވަހު ކަމަށެވެ.

އަދި މަސައްކަތް ކުރަން ޖެހޭނީ ކައުންސިލުން ކަނޑައަޅާ ގަޑިތަކެއްގައި ކޮންމެ ދުވަހަކު މަދުވެގެން 2 ގަޑިއިރު އަދި ގިނަވެގެން 5 ގަޑިއިރު ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެހެންވެ ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 17 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.