އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ތެރެއިން 7 ވަނަ އުމްރާ ނަސީބުވެރިޔާ އެވެ.
އުރީދޫން މިއަދު ބުނީ އުރީދޫގެ ލިވް އަންލިމިޓަޑް ކެމްޕެއިނުގެ 7 ވަނަ ނަސީބުވެރިއަކަށް ހޮވުނީ ޅ. ނައިފަރު ހުއްރިއްޔަތު މުހައްމަދު، ވާކަމަށެވެ.
އޭނަގެ ފަރާތުން އިނާމާ ހަވާލުވީ އާއިލާގެ ފަރާތުން އަލީ ރަޝީދެވެ.
އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
އުރީދޫ މޯލްޑިވްސް އިން މި އަހަރު ފާހަގަކުރާ 20 އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުންނާއި އުރީދުއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400ރ. ރުފިޔާ އިން މަތިން ބިލް ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުންނެވެ.
މި ޕްރޮމޯޝަނަށް އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުން ޝަރުތު ހަމަވާނެ އެވެ.