އައިފޯން 17 ދައްކާލައި އެ ސީރީޒްގެ ފޯނުތަަކަށް އަންނަ ހުކުރު ދުވަހުން ފްރީ-އޯޑަރަށް ހުޅުވައިލަން ނިންމައިފި އެވެ.
އައިފޯންގެ 17 ގެ ހަތަރު މޮޑެލްއެއް ދައްކާލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައިފޯން 17 އާއި އަައިފޯން 17 ޕްރޯ އާއި އައިފޯން 17 ޕްރޯ މެކްސްގެ އިތުރުން އައިފޯން އެއާ އެވެ. މި ސީރީޒްގެ ފޯނުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ގިނަ ފީޗާތައް ވެސް ހިމަނާފައިވާ އިރު، އެޕަލް އިން ބުނި ގޮތުގައި މި މޮޑެލް އަކި އައިފޯނުުގެ އަހުލުވެރިން ވަރަށް ގަޔާވާނެ ގިނަ ކަންކަން ހިމެނޭ ޑިވައިސްއަކަށެވެ.
އައިފޯން 17 ސީރީޒްގެ އަގުތަކަށް ބަލާ އިރު އައިފޯން 17 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އައިފޯން އެއާގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި އައިފޯން 17 ޕްރޯގެ އަގު 1،099 ޑޮލަރުން ފެށޭ އިރު، ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.
އަައިފޯން 17 ގެ ފޯނުތައް ފަސް ކުލައަކުން ލިބޭނެ އެވެ. އެއީ ލެވެންޑާ އާއި މިސްޓް ބްލޫ އާއި ކަޅާއި ހުދު އަދި ސޭޖް އެވެ.
އަންނަ ހުކުރު ދުވަހު ފޯނު ޕްރީ-އޯޑަރު ނަގަން ފެށުމަށް ފަހު، ފޯނު ޝިޕްކޮށް ދޭން ފަށާނީ މި މަހުގެ 19 އިން ފެށިގެންނެވެ.