Last Updated: July 7, 23:36
Tuesday, July 7, 2026
ޚަބަރު

އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފި

އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުސެއިން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށްދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑީއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމުން ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

ހުސެއިން ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ.

މީގެކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ހުސެއިން އަކީ އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް އެވެ. އެމްޑީޕީގެ އިސްވެރިން އަންނަނީ ހުސެއިން ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.