މިއަހަރުގެ ފުރަތަމަ 8 މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 82 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮގަސްޓު މަސް ނިމުނުއިރު މުދަލު ޒަކާތަށް 8 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނީ 7 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ 8 މަހުގެ ތެރޭގައި މުދަލު ޒަކާތަށް ލިބުނީ 73 މިލިއަން ރުފިޔާ އެވެ.
މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 11،191.95ރ. އެވެ. ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ.
މުދަލު ޒަކާތް ނެރެން ޖެހެނީމުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ.