އައްޑޫ ހިތަދޫގައި ހަދާ ފެރީ ޓާމިނަލްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ އެ އަވަށުގެ ބަނދަރުމަތީގައި ހަދަމުން އަންނަ ފެޓީ ޓާމިނަލްގެ މަސައްކަތުގެ ތެރެއިން މި ވަގުތު އެންމެ އިސްކަމަކަށް ކުރިއަށް ދަނީ ޓާމިނަލް އިމާރާތުގައި ސިމެންތި ޖެހުމާއި، ބެކްފިލިން އާއި ހިޔާކުރުމުގެ މަސައްކަތްތައް ކަމަށެވެ.
ކައުންސިލުން ބުނީ ފެރީ ޓާމިނަމްގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށުމުން އައްޑޫގެ އެތެރޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާ އެކު ޚިދުމަތް ލިބިގެން ދާނެ ކަމަށެވެ.
ހިތަދޫގައި ފެރީ ޓާނިމަލް ހެދުމުގެ މަސައްކަތުގެ ކޮންޓްރެކްޓަރަކީ މަރަދޫގެ ކުންފުންޏެއް ކަމަށްވާ ބަނދަރުވޭ މާޓެވެ. އެ ކުންފުންޏާ މި މަޝްރޫއު ކައުންސިލުން ހަވާލުކުރީ މިދިޔަ އެޕްރީލް މަހުގެ 10 ގަ އެވެ. އެއީ މަސައްކަތް ފަށާތާ 85 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 979،510.01ރ. އަށެވެ.
ހިތަދޫގައި ފެރީ ޓާމިނަލެއް ނެތުމުގެ ޝަކުވާ އަކީ ގިނަ ބައެއްގެ ވަރަށް ޒަމާންވީ ޝަކުވާއެކެވެ.