Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

ކޮނޑޭ އަށް ބީއެމްއެލްގެ އޭޓީއެމެއް

ގއ. ކޮނޑޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބޭންކުގެ އެހެން އިސްވެރިންނާއި ކޮނޑޭ ކައުންސިލުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގައުމީ ބޭންކުން ބުނީ ކޮނޑޭގެ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ދާދި ފަހުން އެކި އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ގާއިމުކޮށްފައިވެ އެވެ.