މަކަރާއި ހީލަތުގެ މައްސަލައެއްގައި ހިމެނޭ މީހަކު ހޯދަން އާންމުންގެ އެހީ އަށް ފުލުހުން އެދިއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތަކެއް ބަހައްޓާފައު ހުރި ތަނަކަށް ވަންނަ މީހަކި ފާހަގަކޮށް، އާންމުކުރި ވީޑިއޯއެއްގައި ފުލުހުން ބުނީ އޭނަ އަކީ ސައިބަ-ކްރައިމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.
އެހެންވެ އެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ސައިބަ-ކްރައިމް ސެންޓަރުގެ ނަންބަރު 9636262 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.
ތަގުގީގަށް ބޭނުންވާ މީހުން ހޯދަން މީގެ ކުރިން ވެސް ފުލުހުން އާންމުންގެ އެހީ އަށް އެދިފައިވެ އެވެ.