Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބޭނެ އއެވެ.

މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

* ވިޔަފާރި އާއި އިގްތިސާދު
* އާޓްސް އެންޑް ކަލްޗާ؛ ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
* މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުން
* ވޮކޭޝަނަލް ޓްރެއިނިން؛ ދަސްކޮށްދިނުން
* ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
* ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
* މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތް ކުރުން
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުމަށް މަސައްކަތް ކުރުން
* ދިވެހިބަސް ދިރުވުމަށް މަސައްކަތް ކުރުން
* ފަންނިއްޔާތުގެ ދާއިރާ؛ ޓެކްނޮލޮޖީގެ ދާއިރާ
* ޓޫރިޒަމް ދާއިރާ
* ކޮންސްޓަރކްޝަން އެންޑް އިފްރާސްޓްރަކްޗާ ދާއިރާ
* ޒުވާނުން ކުރިއެރުވުމަށާއި، ބާރުވެރިކަން އިތުރުކުރުމަށް ޚިދުމަތްކޮށް ދެމުން އަންނަ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު ދެއްވާ ޚާއްސަ އިނާމު
* ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 އާ ހަމައަށެވެ. މި ލިންކް މެދުވެރިކޮށް ނަން ހުށަހެޅޭނެ އެވެ.