Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ގއ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމް

ގއ. ކޮނޑޭ އާއި އެ އަތޮޅު ކަނޑުހުޅުދުި އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ފެށުމާ އެކ އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިމިއްޖެ އެވެ.

މިއާ އެކު ގއ. އަތޮޅު ވެފައި ވަނީ އޭޓީއެމްތައް ބަހައްޓައި ނިމުނު 10 ވަނަ އަތޮޅަށެވެ.

ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އޭޓީއެމްތަކަކީ ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ބޭންކިންގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުން އަންނަ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މިއީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ހިދުމަތެއް ކަމަށެވެ.

ގައުމީ ބޭންކުން އަންނަނީ 20 އަތޮޅުގައި 42 ބްރާންޗާއި 158 ސެލްފް ސަވިސް ބޭންކިން ސެންޓަރާއި 217 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ފޯރުކޮށް ދެމުންނެވެ.