Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

'ސައްޔާރާ' މާދަމާ ނެޓްފްލިކްސް އަށް

މިދިޔަ ޖުލައި މަހު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ބޮލީވުޑްގެ ފިލްމު "ސައްޔާރާ" މާދަމާ ނެޓްފްލިކްސް އަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

ފިލްމީ ދާއިރާ އަށް އާ ތަރިންތަކެއް ދޫކޮށްލި މި ފިލްމަކީ ބޮލީވުޑްގެ އެންމެ ބޮޑު ސްޓޫޑިއޯ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ޑައިރެކްޓަރު މޯހިތު ސޫރީ ހެދި އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. އޭނަ އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "އާޝިގީ 2" އާއި "އޭކް ވިލަން" ގެ ވެސް ޑައިރެކްޓަރެވެ.

ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް "ސައްޔާރާ" އަށް ލިބި، ޖުލައި މަހުގެ 18 ގައި ސިނަމާތަކަށް ގެނައި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 577.63 ކްރޯޑް ރުޕީސް (65.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއާ އެކު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެެއް ހޯދި ބޮލީވުޑްގެ ފުރަތަމަ ލޯބީގެ ފިލްމަށެވެ.

އެންމެ 50 ކްރޯޑް ރުޕީސް (5.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ސައްޔާރާ" ގެ ލީޑް ތަރިންނަކީ އަލަށް ތައާރަފުވި އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އެވެ.

މާދަމާ މި ފިލްމު ނެޓްފްލިކްސް އަށް ދޫކޮށްލާ އިރު، މި ވާހަކަ ދުރާލައި މާ ކުރިން ވެސް ދެކެވިފައިފާތީ ގިނަ ބަޔަކު ތިބީ އެ ތާރިހުގެ އިންތިޒާރުގަ އެވެ.

ބެލުންތެރިންގެ އިތުރުން ކްރިޓިކުންގެ ތައުރީފު ވެސް އޮހުނު "ސައްޔާރާ" އަށް މާދަމާ ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާންކުރީ މިއަދެވެ.