Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އައްޑޫގައި ވާލު މަދު ކުރުމުގެ ޕްރޮގްރާމެއް

އައްޑޫގައި ވާލު މަދު ކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ކައުންސިލުން ބުނީ މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 14 އިން ފެށިގެން އަންނަ މަހުގެ 5 ހަމައަށް ކަމަށެވެ.

ވާލު މަދު ކުރުމުގެ ޕްރޮގްރާމަކީ ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާ ގުޅިގެން އާއި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި އަވަށްތަކަށް ބަހާލައިގެން ހެނދުނު ނުވަތަ ހަވީރުގެ ވަގުތުތަކުގަ އެވެ.

މީގެ ކުރިން ވެސް އައްޑޫގައި ވާލު ގިނަވެ އޭގެ އުނދަގޫ ބޮޑުވެގެން ބަޑި ޖަހައިގެން ވާލު މެރުމުގެ މަސައްކަތްތަކެއްކޮށްފައި އެވެ.