Last Updated: June 7, 13:44
Sunday, June 7, 2026
ޚަބަރު

މަގުތައް ސާފުކުރަން އައްޑު އަށް ސްވީޕާ މެޝިންތަކެއް

މަގުތައް ސާފު ކުރަން ބޭނުންކުރާ ސްވީޕަ މެޝިންތަކެއް އައްޑު އަށް ގެނެސްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މަގުތައް ސާފުކުރުމަށްޓަކައި ގެނެސްފައި ވަނީ ތިން ސްވީޕަ މެޝިނެވެ. އެ ތަކެތި ޓެސްޓް ކުރުމުގެ ބުރެއް މިއަދު ކުރިއަށް ގޮސްފައިވެ އެވެ.

ސްވީޕާ މެޝިންތައް ބޭނުންކޮށްގެން މަގުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިހާރު ވެސް އެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލްގެ މުނިސިޕަލް މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.

ކައުންސިލުން ބުނީ ސްވީޕާ މެޝިންތަކެއް ގެނެސް ބޭނުން ކުރަން ފެށުމުން އައްޑޫގެ އަވަށްތަކުގެ ސާފުތާހިރުކަން އިތުރަށް ދެމެހެއްޓޭނެ ކަމަށެވެ. އައްޑޫގެ ވަރަށް ގިނަ މަގުތައް މިހާރު ތާރު އަޅައިގެންނާއި ގާތު އަތުރައިގެން ހަދާފައިވާ އިރު، މަގުތަކަށް ވެލި ތިލަވެ، ވެލިތަކުން މަގުތައް ހަޑިވުމާއި ހިރަފުސްވުމުގެ މައްސަލަ ވަރަށް ބޮޑެވެ.